ބަނގުރާ އުފައްދައި، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ރިހިކޮކާގެ، ގދ. ތިނަދޫ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ (21އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މިގޮތުން، ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކޮށްފައި ކަމަށެވެ.
އެ ފުލެޓު ތެރެއިން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަަލައާ ގުޅިގެން މުޙައްމަދު އަފާޒު ބިން ޢަބްދުﷲގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ގިނައިރު، އެ މައްސަލަތަކުގައި ޝާމިލުވާ ޒުވާނުން ވެސް މަދެއް ނޫނެވެ.
