އެޕަލް ކުންފުނިން އެންމެ ފަހުން ނެރެން ތައްޔާރުވާ ފޯލްޑަބަލް ސްމާޓްފޯނު، "އައިފޯން ޑުއޯ" ބާޒާރަށް ނެރުމުގެ މަދު ދުވަސްކޮޅެއް ކުރިން އެ ފޯނުގެ ބެޓެރީ ކެޕޭސިޓީގެ ތަފުސީލުތައް އާންމުވެއްޖެއެވެ.
ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ޔޫރަޕިއަން ޕްރޮޑަކްޓް ރެޖިސްޓްރީ ފޯ އެނާޖީ ލޭބެލިން (އީޕީއާރުއީއެލް) ޑޭޓާބޭސްގައި "އޭ3720" ގެ އައިޑެންޓިފަޔާގެ ދަށުން މި ފޯނު ރެޖިސްޓްރީކޮށްފައިވާއިރު، މި ފޯނުގައި ހިމެނެނީ 4,883 މިލިއެމްޕަޔާ އަވާ (އެމްއޭއެޗް) ގެ ބެޓެރީއެކެވެ.
އީޔޫގެ ގަވާއިދުތަކަށް ފެތުމުގެ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި، އެއްފަހަރު ބެޓެރީ ފުލުކޮށްގެން 51 ގަޑިއިރާއި 30 މިނެޓުގެ އެންޑިއުރެންސް ލިބޭނެއެވެ. އެނާޖީ ކްލާސް "އޭ" ލޭބަލް ލިބިފައިވާ މި ފޯނަށް ވެއްޓުމުން ސަލާމަތްވުމުގެ ރޭޓިން ނުވަތަ ޑްރޮޕް ރެސިސްޓެންސްގެ ގޮތުގައި "ބީ" ރޭޓިންގް ލިބިފައިވާއިރު، މަރާމާތުކުރުމުގެ ފަސޭހަކަމަށް ނުވަތަ ރިޕެއަރެބިލިޓީއަށް ލިބިފައިވަނީ "ސީ" ރޭޓިންގްއެކެވެ.
މީގެ އިތުރުން މި ފޯނަކީ އައިޕީ68 ރޭޓިންގެ ފެން ނުވަންނާނެ ފޯނެކެވެ.
މިދިޔަ މަހު ނުވައެއްގައި ބޭއްވި ކީނޯޓް އިވެންޓުގައި އެޕަލްއިން ބުނެފައިވަނީ އައިފޯން ޑުއޯއިން މުޅި ދުވަހަށް ފުދޭވަރުގެ ބެޓެރީ ލައިފެއް ލިބޭނެ ކަމަށެވެ. އެގޮތުން އެތެރޭގެ ފޯލްޑަބަލް ސްކްރީން ބޭނުންކޮށްގެން 31 ގަޑިއިރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށާއި، ބޭރުގެ ކަވަރު ޑިސްޕްލޭ ބޭނުންކޮށްގެން 44 ގަޑިއިރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. އަދި އެތެރެއާއި ބޭރުގެ ދެ ސްކްރީން އެކުއެކީގައި ބޭނުންކުރާނަމަ އެއްފަހަރު ޗާޖުކޮށްގެން 22 ގަޑިއިރުގެ ބެޓެރީ ލައިފު ލިބޭނެ ކަމަށާއި، އެންމެ ފަސް މިނެޓު ޗާޖުކޮށްލައިގެން ފަސް ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ލިބޭނެ ކަމަށްވެސް އެޕަލްއިން ހާމަކޮށްފައިވެއެވެ.
މިފޯނުގެ ފަހަތުގައި 48 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭއިރު، ބޭރު ޑިސްޕްލޭގައި 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނޭ ---
ޕާސްޕޯޓް ސްޓައިލަށް ފަރުމާކޮށްފައިވާ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު، އައިފޯން ޑުއޯ ރަސްމީކޮށް ތައާރަފުކޮށްފައިވަނީ އައިފޯން 18 ޕްރޯ ސީރީޒާއި، އެއާޕޮޑްސް 5 އަދި އެޕަލް ވޮޗް ސީރީޒް 12 އާއެކުގައެވެ.
މި ފޯނު އަންނަ ހުކުރު ދުވަހު ބައިނަލްއަގުވާމީ ބާޒާރުތަކުގައި ރަސްމީކޮށް ވިއްކަން ފަށާނެއެވެ. މިހާރުވެސް އެޕަލްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް މި ފޯނަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އައިފޯން ޑުއޯ ބާޒާރަށް ނެރެނީ 2 ނެނޯމީޓަރުގެ އޭ20 ޕްރޯ ޗިޕްސެޓާއި، 12 ޖީބީގެ ރޭމް އަދި އައިއޯއެސް 27 އާއެކުގައެވެ. މިއީ 7.6 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރު ފޯލްޑަބަލް ޑިސްޕްލޭއަކާއި 5.4 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރު ކަވަރު ސްކްރީނެއް ހިމެނޭ ފޯނެކެވެ.
ކެމެރާގެ ތަފުސީލަށް ބަލާއިރު، ފަހަތުގައި 48 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭއިރު، ބޭރު ޑިސްޕްލޭގައި 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނެއެވެ.
