ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އިން 2027-2028 ވަނަ ދިރާސީ އަހަރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ފުރުސަތަކީ ޖަޕާނުގެ ކަނޑައެޅިފައިވާ ޔުނިވާސިޓީތަކުން ދެ އަހަރު ދުވަހުގެ މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ދެވޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ދެހާސް ވިހި ވަނަ އަހަރު ރާއްޖޭގައި ފެށި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ގައުމީ ތަރައްގީގައި މުހިންމު ހިއްސާއެއް ވެވޭނެ ފަދަ ލީޑަރުން ބިނާކުރުމާއި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ޖޭޑީއެސް ސްކޮލާޝިޕަކީ ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ސްކޮލާޝިޕެކެވެ. މިހާތަނަށް މި ސްކީމްގެ ދަށުން 33 ދިވެހި މުވައްޒަފަކަށް ވަނީ ޖަޕާނުގައި ކިޔަވަން ފުރުސަތު ދީފައެވެ. ކުރިއަށް އޮތް ދިރާސީ އަހަރަށް ފަސް ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައިވާއިރު މި ހުރިހާ ޕްރޮގްރާމްތަކެއް ވެސް ކުރިއަށްދާނީ އިނގިރޭސި ބަހުންނެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ސްކޮލާޝިޕް ގައިޑްލައިންތަކާއި ޓާގެޓް އޯގަނައިޒޭޝަންތަކުގެ ލިސްޓް ޗެކްކޮށް ސްކޮލާޝިޕަށް ޝަރުތު ހަމަވޭތޯ ބަލަންޖެހެއެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރުގެ ފަރާތުން މި ސްކޮލާޝިޕާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތަކުގައި ޖޭޑީއެސްގެ ކުރީގެ ދަރިވަރުންނާއި މިހާރު ޖަޕާނުގައި ކިޔަވަމުންދާ ދަރިވަރުން އެ މީހުންގެ ތަޖުރިބާ ހިއްސާކުރާނެއެވެ.
ހުރިހާ ސެޝަންތަކެއް ވެސް ކުރިއަށްދާނީ މެންދުރުފަހު 3:00 އިން 4:00 އަށެވެ:
- 20 އޮކްޓޫބަރު (އަންގާރަ) - ޒޫމް މެދުވެރިކޮށް
- 29 އޮކްޓޫބަރު (ބުރާސްފަތި) - ޒޫމް މެދުވެރިކޮށް
- 08 ނޮވެމްބަރު (އާދީއްތަ) - ފޭސް ޓު ފޭސް
- 19 ނޮވެމްބަރު (ބުރާސްފަތި) - ފޭސް ޓު ފޭސް
- 26 ނޮވެމްބަރު (ބުރާސްފަތި) - ޒޫމް މެދުވެރިކޮށް
- 06 ޑިސެމްބަރު (އާދީއްތަ) - ޒޫމް މެދުވެރިކޮށް
ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމަށް އެދޭ ފޯމުތައް އަންނަ ޑިސެމްބަރު 14ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޖޭޑީއެސް އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
މި ޕްރޮގްރާމާ ބެހޭ އިތުރު. މައުލޫމާތު. ޖޭޑީއެސްގެ ވެބްސައިޓާއި ފޭސްބުކް ޕޭޖްއިން ލިބިލައްވާނެއެވެ.
